މިހާރު މުޅި ސޯޝަލް މީޑިއާއަށް ބަލާލިޔަސް ފެންނަނީ "އެންމެންގެ ނަޒަރު ރަފަހްއަށް" މިހެން ޖަހާފައިވާ ފޮޓެއް ސްޓޯރީއަށާއި ފީޑްގައި ހިއްސާކުރަމުންދާ މަންޒަރެވެ. މުސްލިމަކަށް ވިޔަސް ޢައިރު މުސްލިމަކަށް ވިޔަސް މި ފޮޓޯ ދަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެެވެ. ކޮންމެ މީހަކު ވެސް ހިތުގައި އުފެދޭ ސުވާލަކީ މި ފޮޓޯ އެންމެން އެ ހިއްސާ ކުރަނީ ކީއްވެހޭ؟ އެ ފޮޓޯ ހިއްސާކޮށްގެން ހާސިލް ކުރަން ބޭނުންވަނީ ކޮން ކަމެއް ހެއްޔެވެ؟ އިންސްޓަރގްރާމަށް އެކަނި ބެލިޔަސް މި ފޮޓޯ 40 މިލިއަން ފަހަރު އެކި މީހުން ވަނީ ހިއްސާކޮށްފައެވެ. މިދިޔަ ފެބްރުއަރީ މަހު ޑަބްލިއުއެޗްއޯއިން ޣައްޒާއަށާއި ހިފާފައިވާ ހުޅަނގު އައްސޭރީއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިޗަޑް "ރިކް"…